އަތޮޅު ކައުންސިލަށް ސިހުރު ހެދިކަމުގެ ތުހުމަތު

big_2JeTcgxe4GXFs2l8dOhm5cNWl.jpg

ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ---- ފޮޓޯ/ ފުލުހުން

ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އަތޮޅު ކައުންސިލު އިމާރާތަށް ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މިދިޔަ ބުދަ ދުވަހެވެ. މިގޮތުން، އެ ވީޑިއޯއިން ފިރިހެނަކު ކައުންސިލް އިދާރާގެ ގޯތި ތެރެއަށް ފެން އަޅާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރާއި ފަންޑިތަ ހެދި ކަމުގެ ތުހުމަތުގައި މިމަހުގެ 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު، ރިވެލި، މުހައްމަދު އަމްޖަދު (61އ) އާއި ރ. އުނގޫފާރު، ނަސީމީހިޔާ، މުހައްމަދު ވަހީދު (67އ) އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top