އޭދަފުށިން ހަވަނަ ފަހަރަށް ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

khk.jpg

ގޯލްޑަން ފުޓްސަލް ޗެލެންޖު މުބާރާތުގެ ބ. އަތޮޅުގެ ޗެމްޕިއަންކަން، ހަވަނަ ފަހަރަށް އޭދަފުށިން ހޯދައިފި އެވެ.

މުބާރާތުގެ އަތޮޅު ފައިނަލުގައި އޭދަފުށިން ރޭ ތުޅާދޫ ބަލިކުރީ 3-1 އިންނެވެ.

ބ. އަތޮޅުގެ ލީގު ބުރުގައި ތިން ޓީމު ވާދަކުރި އިރު، އެ ތިން ޓީމުވެސް ފެނުނީ ވާދަވެރިކޮށެވެ. ފުރަތަމަ މެޗުގައި އޭދަފުށި ތުޅާދޫ ކައިރިން 1-0 އިން މޮޅުވި އިރު، ދެން ކުޅުނު މެޗުގައި ތުޅާދޫން ވަނީ ފެހެންދޫ ކައިރިން 1-0 އިން ބަލިވެފައެވެ. ފެހެންދުއަށް ފައިނަލުން ފުރުސަތު ގެއްލުނީ ފަހު މެޗުގައި އޭދަފުށި ކައިރިން 2-0 އިން ބަލިވުމުންނެވެ.

ރޭގެ ފައިނަލުގެ ފުރަތަމަ ކޮޅުގައި ދެޓީމުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސް، އޭދަފުށިން ލީޑު ނެގީ ތުޅާދޫގެ ކީޕަރު ޖައިލަމް އަތުން ހެދުނު ގޯހަކުން އަހުމަދު އަޝްރަފު ޔޫސުފް (ސޮބީ) ޖެހި ގޯލަކުންނެވެ. މެޗަށް ތުޅާދޫން ނުކުތީ އެޓީމުގެ ދެވަނަ ކީޕަރު އަހުމަދު ޖައިލަމްއާ އެކުގައެވެ.

ތުޅާދޫ އެއްވަރުކުރި ގޯލް ޖެހީ އޭގެ އިރުކޮޅެއް ފަހުން، އަރުސަމް އިސްމާއީލެވެ.

ދެވަނަ ހާފުގައި އޭދަފުށިން ކުޅުން ރަނގަޅުކޮށް، މުހައްމަދު ފާސިރު (ފާއްޓެ) ދިން ބޯޅައަކުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ އޭދަފުށީގެ ދެވަނަ ގޯލު ޖަހައިފައެވެ. އޭދަފުށިން ނަތީޖާ ޔަގީންކުރީ ހުސެއިން ޝަރީފް (މުޑާ) ޖެހި ހިލޭ ޖެހުމަކުންނެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮގްބާއެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހުއެވެ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ހުސައިން ޝަރީފު (މުޑާ) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރެއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top