”ހާލު ކިހިނެއް؟“ބ. އަތޮޅުގައި ކުރިއަށް

4dcff77d-64e9-4f4a-af24-a47f22d53bb0-1536x1023-1.jpeg

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމް ބ. އަތޮޅުގައި ފަށައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވީ ”ހާލު ކިހިނެއް؟“ ޕްރޮގްރާމު ބ. ކަމަދޫގައި ފަށައި، ގެތަކަށް ޒިޔާރަތްކުރަމުންދާ ކަމަށެވެ.

ބ. އަތޮޅުގެ ބައެއް ރަށްރަށުގައި މިހާރު އެ ޕްރޮގްރާމު ވަނީ ފަށާފައެވެ.

”ހާލު ކިހިނެއް؟“ޕްރޮގްރާމަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމާއެކު، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top