55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން މެލޭޝިއާގެ ކުންފުންޏަކަށް

WhatsApp-Image-2025-01-20-at-7.39.46-PM-1737384383825.webp

55 ރަށެއްގެ ކައުންސިލް އިދާރާ އެޅުމަށް މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ  ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިމާރާތް އަޅަނީ ކޮން ރަށްތަކެއްގައި ކަމެއް އެ މިިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އެވެ. ކޮންޓްރެކްޓާގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް އެވެ.

ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މީގެތެރެއިން ފުރަތަމަ 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރާ 6 މަސް ތެރޭގައި ނިންމުމަށެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ އިދާރީ މަސައްކަތްތަކަށް ވެސް ފަހިވާނެ ގޮތަށް ހުރިހާ ވަސީލަތެއް ބޭނުން ކުރެވޭ ގޮތަށް ހުންނާނެ އިމާރާތް ތަކަކަށެވެ.

މި މަޝްރޫއަށް ހަރަދުވާ ފައިސާގެ އަދަދެއް ހާމައެއް ނުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top