55 ކައުންސިލެއްގެ އިމާރާތް އަލުން އިމާރާތްކުރުމުގެ މަޝްރޫއު މިހާރު އޮތީ އެގްރިމެންޓާ ހަމައިގައި ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން އޮތީ ކައުންސިލްތަކަށް ވަރަށް ބޮޑަށް އަޅާނުލެވިކަން ފާހަގަކުރައްވައި މިނިސްޓްރު ވިދާޅުވީ187 ރަށެއްގައި ކައުންސިލްގެ އިދާރާތައް އަޅަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ޒައާމަތުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި އެއާއެކު ޕީއެސްއައިޕީގެ ދަށުން ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން 55 ކައުންސިލެއްގެ އިމާރާތް ނިންމެވުމަށް މިހާރު މަސައްކަތް ކުރިއަށް ގެންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު 55 ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއު އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.





