ބ. އޭދަފުށީގައި ގެސްޓް ހައުސް ހިންގައިދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް އިޢުލާނު ކޮށްފިއެވެ.
ކުރީގެ އިއުލާނު ބާތިލުކޮށް އަނެއްކާވެސް އިއުލާނު ކޮށްފައި މިވަނީ އެއްވެސް ފަރާތަކުން ބިޑް ފޮތް ގަނެފައި ނުވާތީއެވެ
އިއުލާނުގައިވާ ގޮތުން، ގެސްޓް ހައުސް ހެދުމަށް ބ. އޭދަފުށީގެ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ 10،000 އަކަފޫޓުގެ ދެ ބިން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ބިން ދެ ބިޑް ފޮތެއްގެ ގޮތުގައި ވިއްކުމަށް ވެސް ވަނީ ނިންމާފައެވެ.
އަމިއްލަ ޚަރަދުގައި ގެސްޓް ހައުސް އިމާރާތްކޮށް، ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު 5 ޑިސެންބަރު 2024 އިން ފެށިގެން 5 ޖެނުއަރީ 2025 އަށް ވަނީ ހުޅުވާލާފަ އެވެ. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާއަށެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 13 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މިކަމުގެ މައުލޫމާތު ސާފުކުރުމުގެ މުއްދަތަކީ، 6 ޖެނުއަރީ 2025 އިން ފެށިިގެން 9 ޖެނުއަރީ 2025 ގެ ނިޔަލަށެވެ.
ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށް ނުވަތަ ކުންފުނިތަކަށް މި ބީލަމުގައި ބައިވެރިވެވޭނެއެވެ.