އާސަންދައިން ބޭސް ދޫކުރާއިރު ޑިސްޕެންސް ކޯޑު ފޮނުވަން ފަށައިފި

ADH_7135kkki-1635652454284_lj7sua.jpg

އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު ބޭހާއި ހަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން މިއަދުން ފެށިގެން އަލުން ފަށާނެކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނިން ބުނީ، ބޭސް ނަގަން އަންނަ ފަރާތުން އައިޑީ ކާޑު ދެއްކުމަށްފަހު ފޯނު ނަންބަރު ދިނުމުން، އެ ނަންބަރަށް ޑިސްޕެންސް ކޯޑު ފޮނުވާނެ ކަމަށެވެ.

އަދި ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ މި ކޯޑު އާސަންދަ ޕޯޓަލްއަށް އެންޓާ ކުރުމަށްފަހު އެވެ.

އާސަންދައިން ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ދަށުން ކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ އެކު، ބައެއް އަމިއްލަ ފާމަސީތަކުން އެ އަގުތަކަށް ބޭސް ވިއްކަން ދެކޮޅު ހަދަމުންދާ ކަަމަށްވެސް އާސަންދައިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top