ސީސީ،14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މިރޭ

viber_image_2024-11-15_01-20-31-355.jpg

އޭދަފުށި، ކްލަބް ކޮމްބިނޭޝަން (ސީސީ) ގެ 14އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް މިރޭ ފެށުމަށް ނިންމާފައިވާ ކަމަށް އެޖަމިއްޔާގެ ރައީސް، އަތުފާލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އޭދަފުށީގައި ފުޓްބޯޅައިގެ ޒުވާން އާޖީލެއް އުފެއްދުމުގެ މަގުސަދުގައި ސީސީއިން ބާއްވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:15ގައި އޭދަފުށީ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތުގައި ހަތަރުޓީމް ބައިވެރިވެއެވެ އެއީ ވެސްޓްވިންގް، އޯލް ވޯލްވްސް، ސްޓްރައިކާސް، އަދި އެކްސްޓީރިއާ އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ބައްދަލު ކުރާ ގޮތަށެވެ.

މިި މުބާރާތގައި މިރޭ ދެމެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވެސްޓްވިންގް އާއި އޯލް ވޯލްވްސް އެވެ. ދެވަނަ މެޗުގައި ކްލަބް ސްޓްރައިކާސް އާއި ވާދަކުރާނީ އެކްސްޓީރިއާ އެވެ.

ކްލަބް ސީސީއަކީ އޭދަފުށީގައި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަކުގައި ފާހަގަކުރެވޭ ބޮޑެތި  ހަރަކާތްތަކެއް ހިންގަމުން އަންނަ ކްލަބެކެވެ. އެގޮތުން މީގެ ދެމަސްކުރިން އެކަލްބުން ވަނީ ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އިންޓަރ ރިސޯޓް ކްރިކެޓް މުބާރާތެއްވެސް ބާއްވާފައެވެ.

މި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހުރިހާ ޓީމަކަށް ޖާޒީ ހަދިޔާކޮށްފައިވަނީވެސް ސީސީއިންނެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އޭދަފުއްޓާއި މާލޭއާ ދެމެދު ހައިސްޕީޑް ފެރީގެ ޚިދުމަތް ދެމުން ގެންދާ ނަޔާ ޓްރެވަލްސް އެވެ. މެއިންސްޕޮންސަރުންނަކީ ފްރެންޑްމީ އާއި އެޓޮލްކިއުޓް އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށިވޮއިސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top