އާސަންދައަށް ގެންނަ ބަދަލަކުން ކަންބޮޑުވާކަށް ނުޖެހޭނެ

376305_8be74765-6_-2048x1365-1.jpg

އާސަންދަ ނިޒާމަށް ގެންނަ ބަދަލަކުން ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ހެލްތު އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ހަރުދަނާކޮށްގެން މެނުވީ ސިއްހީ ނިޒާމުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފުރިހަމަނުކޮށްދެވޭނެ ކަމީ ހަގީގަތް ކަމަށެވެ. އާސަންދަ ރިފޯމް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެ ނިޒާމު ވެގެންދާނީ ރައްޔިތުންނަށް އުއްމީދު ގެނެސްދޭ އަދި ރައްޔިތުންނަށް ބަރުހެލި ކަމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމު ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދޭނެ ނިޒާމަކަށް ކަމަށް ވިދާޅުވި އެވެ.

އާސަންދަ އިންޝުއަރެންސް ސްކީމުގެ ތެރެއިން އެ ހިދުމަތް އެންމެ ބޭނުންވާ ފަރާތްތަކަށް އެ ނިޒާމުގެ ފައިދާ ލިބި، ނިޒާމުގައި ހުރި “ލޫޕްހޯލްތައް” ބަންދުކުރެވިގެން ނޫނީ އެ ނިޒާމު ދެމެހެއްޓެން ނެތް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

”އެތައް އެތައް ފަންނީ މާހިރުންނެއް ނިޒާމުގެ ކަންކަން މިހާރު ވަނީ ބަލާފައި. މި ކަމުގައި ހުރި ޖޮންޖެހުންތަކާއި، މިކަމުން އަރައިގަންނަން މިއަދު ފިޔަވަޅު ނާޅައިފިނަމަ، މާދަމާ ދިވެހި ރައްޔިތުން ތަހައްމަލު ކުރަން ޖެހިދާނެ ގެއްލުމެއްގެ ވާހަކަ އަޅުގަނޑުމެން އެންމެންނަށް މިހާރު އެބަ އެނގޭ” ނާޒިމް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top