އޭދަފުށީގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވައިލަނީ

DSCN6669.jpg

އޭދަފުށީގައި ބިދޭސީން، އިމާރާތްކުރުމުގެ މަސައްކަތުގައި

އޭދަފުށީގައި އުޅޭ ބިދޭސީންގެ ދަފްތަރެއް މިިހައި ތަނަށް އެކުލަވައިލާފައި ނެތް އޭދަފުށީ ކައުންސިލުން ބިދޭސީންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ ނެރެ އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ ”އޮޕަރޭޝަން ކުރަނގި ”ގެ ދަށުން އޭދަފުށީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަމުން ދާ ކަމުގައެވެ. އެހެންކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންގެ މައުލޫމާތު ދަފްތަރުގައި ހިމެނުމުގެ ގޮތުން އަންނަ ނޮވެމްބަރު 7 ގެ ކުރިން  ކައުންސިލާއި މައުލޫމާތު ހިއްސާ ކުރުމަށް ދަންނަވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ބިދޭސީން ފޮނުއްވާއިރު އެމީހުންގެ ވޯކް ޕާމިޓް އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހިފައިގެން ކައުންސިލަށް ހާޒިރުވުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ. އެއްވެސް ލިޔެކިއުމެއް ނެތް މީހެއްކަމަށް ވިޔަސް ދަފްތަރުގައި ރަޖިސްޓްރީ ވާން ޖެހޭތީ ލިޔެކިއުންތައް ނެތަސް އިސްވެ ދެންނެވި ތާރީޚުގައި ރަށު ކައުންސިލަށް ފޮނުވައި ރަޖިސްޓަރީ ވުމުގެ ކަންތައް ކުރިއަށް ގެންދެވުމަށް ކައުންސިލުންވަނީ އެދިފައެވެ.

ދަފްތަރުގައި ރަޖިސްޓަރީ ނުކުރާ ބިދޭސީން މި ތާރީޚުގެ ފަހުން އޭދަފުށީގައި ގެންގުޅުމަކީ މަނާކަމެއްކަން ވެސް ކައުންސިލުގެ އިއުލާނުގައިވަނީ ހަނދާންކޮށްދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top