ބޯހިޔާވަހިކަމަށް 5 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަނީ

GapCDRqboAAF8EB.jpeg

ހައުސިން މިނިސްޓްރީއާއި ބީއެމްއެލްއާއި މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ ހައުސިްން

ބޯހިޔާވަހިކަމަށް ފަސް ޕަސެންޓު އިންޓަރެސްޓުގައި ހަމިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ލޯނު ސްކީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބައިވެރިވެ، އެކަމާ ގުޅޭ އެމްއޯޔޫގައި ހައުސިން މިނިސްޓްރީ އާއި އެ ބޭންކާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.

“ހިޔާވެހި ފައިނޭންސް ސްކީމު” ގެ ނަމުގައި ތައާރަފުކުރާ މި ލޯނު ސްކީމުގެ ދަށުން ރަށްރަށުގައި ގެދޮރު އަޅަން އެއްމިލިއަން ރުފިޔާއާ ހަމައަށް ދޫކުރާނެ އެވެ. އަދި އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން ހަތަރު މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މިއީ ރާއްޖޭގައި ބޯހިޔާވަހިކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މި ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.

މި ސްކީމުގެ ދަށުން އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޫކުރާނެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލާ ފުރުސަތެއް ކަމަށް ސަރުކާރުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top