ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
އެއިދާރާއިން މިހާރުވެސް ވަނީ ށ .އަތޮޅުން ފ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 11 ޖެހުމާއި ހަމައަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓްއޮފީހުން މޫސުން ކުރިއަށް ލަފާ ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ހޯމަ ދުވަހާއި ހަމައަށް އާއްމު ވައި ގަދަކޮށް ހިފަހައްްޓާނެ އެވެ. އުުތުރާއި މެދު ރާއްޖެތެރޭގައި އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 20 މޭލާއި ދެމެދު ވައިޖެހި، ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި، ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ވިދާޅުވެފައިވެއެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.