ބ. ކަމަދޫގެ ބޮޑު އީދު ކުޅިވަރުތަކުގެ ތެރެއިން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި އައިމިނަތު ޒާރާ އާއި އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) މިއަދު ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ.
މީޑިއާތަކުން ކުރިން ވެސް ވަނީ މި ކައިވެނި މި މަހުގެ 10 ގައި އޮންނާނެކަން ރިޕޯޓްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ކައިވެނީގެ ހަފުލާ އޮންނާނީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓްގަ އެވެ.
ޒާރާ އާއި ސިޔާމް މިއަދު ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު، މި ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން ދާދި ފަހުން ބޭއްވި ޕްރީ-ވެޑިން ހަފުލާގައި ސިމާޔަށް ޒާރާ ކިޔައިދިން ލަވައެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން ނެވެ. މި ވީޑިއޯ ލަވަ ގިނަ ބަޔަކު އަންނަީ ޝެއާ ވެސް ކުރަމުންނެވެ.
ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރެވެ. އަދި އޭނަ އަކީ މިހާރުގެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރެވެ. އަދި ސިޔާމަކީ ރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރެއިން އެކެކެވެ.
ޒާރާގެ އިތުރުން އެހެން އަނބިންނާއި ދަރިންތަކެއް ވެސް ތިބި އަދި ދާދި ފަހުން ބޭރުގެ އަނތްބަކަށް އެއްމާބަނޑު ދެކުދިން ވެސް ލިބުނު ސިޔާމް، ޒާރާ އާއި އިންނަން ރަން ކީ ދެ ގެސްޓްހައުސް އަށެވެ.