އޭދަފުށި އަންހެނުންގެ ކޮމެޓީން ކަސަބު ބޯވަޅު ގަތަން ދަސްކޮށްދޭ ކޯހެއް ފަށަނީ

photo_2022-05-19_11-25-58-1024x563-1.jpg

ފޮޓޯ: މިހާރު

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ކަސަބު ބޯވަޅު ގަތަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ތައްޔާރުވަމުން ދާކަމަށް އެކޮމެޓީން ބުނެފި އެވެ.

ކަސަބުގބޯވަޅު ގެތުމަކީ އޭދަފުށީގެ އަންހެނުން މީގެ އަހަރުތަކެއް ކުރިން ފޯރިއާއެކު ކުރަމުން އައި ރީތި މަސައްކަތެކެވެ. އޭރު ދިވެހި އަންހެނުން ލައިއުޅުނު ލިބާސް ޖަރީ ކޮށްފައި ހުންނަނީ ކަސަބު ބޯވަޅު އަޅައިގެންނެވެ.

އޭދަފުށީ އަންހެނުން ކޮމެޓީގެ ރައީސް ޒީމާ އިބްރާހީމް ވިދާޅުވީ އިހުގެ ދިވެހި ކަނބަލުން ކުރަމުން އައި މިފަދަ މަސައްކަތް ދިރުވައި އާލާ ކުރުމަކީ މިކޯހުގެ އެންމެ ބޮޑު މަގުސަދު ކަމުގައެވެ.

”މިމަސައްކަތް ދަސްކޮށްގެން މިދާއިރާއަށް އަންހެނުންތަކެއް ނެރެ އެކަނބަލުންނަށް އާމްދަނީ އެއް ލިބޭނެ މަގު ފަހި ކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް “ޒީމާ ވިދާޅުވިއެވެ.

15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާން ބޭނުންވާ ކަނބަލުންނަށް މި މަހުގެ 30 އާއި ހަމައަށް ރަޖިސްޓަރީ ވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފީއަކީ 2000ރ. އެވެ. އެކަމަކު ބައިވެރިވާ ފަރާތްތަކުގެ ކޯސްފީގެ ދެބައިކުޅަ އެއްބައި އެ ކޮމެޓީން ދައްކައިދޭނެ ކަމަށް ޒީމާ ވިދާޅުވި އެވެ.

މިހާ ތަނަށް މިކޯހުގައި ބައިވެރިވުމަށް 11 ބައިވެރިއަކު ވަނީ ރަޖިސްޓަރީ ކޮށްފަވާއިރު ރަނގަޅު ތަރުހީބެއް ލިބެމުން އަނނަ ކަމަށް ޒީމާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top