ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން އިންތިޒާމު ކުރީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން ނެވެ.
ސެޕްޓެމްބަރ 13 އިން 14 އަށް ބޭއްވި މި ބައދަލުވުމުގައި ބ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ސެކިއުރިޓީ އަދި މެނޭޖްމަންޓް މުވައްޒަފުން ބައިވެރިވިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އަމިއްލަ ރިސޯޓް އެންޑް ރެސިޑެންސަސް އަދި ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައެވެ.
ބ. އަތޮޅު ފުލުހުން ބުނިގޮތުއި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އަތޮޅުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިހާރު ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ ރޭވުންތައް އެކުލަވައިލުމެވެ.