75 އަހަރާ ހަމައަށް ވަޒީފާގައި ދެމިހުރެވޭގޮތް ހަދަނީ

WhatsApp-Image-2024-08-25-at-13.23.43_85c9c696-1724668565591.webp

މަތީ ތައުލީމާ ބެހޭ މިނިސްޓްރީން މަޝްވަރާތައް ކުރިއަށްގެންދަނީ: -- ފޮޓޯ/ ސަރުކާރު

ދިވެހި ދައުލަތުގެ ވަޒީފާތަކުން މުސްކުޅިކޮށްފައިވާ މީހުންނާއި އުމުރުން 65 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ވަޒީފާގައި ދެމި ހުރުމަށް އެދޭ މީހުންނަށް، އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރާނޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ މީހުންނަށް، އެ މީހުންގެ އުމުރުން 75 އަހަރުވުމާ ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ސަރުކާރުން މިއަދު އިއުލާންކުރި ގޮތުގައި އެ ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް ދައުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭހެން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން، ދައުލަތުގެ އެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ ކުރިއަށްގެންދަން ފަށައިފައެވެ.

މި ބައްދަލުވުންތަކުގެ މަގުސަދަކީ، އެ އިދާރާތަކުގައި ވަޒީފައިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭގޮތުން އެ އިދާރާތަކުން އަމަލުކުރަމުން ގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މައުލޫމާތު ހޯދާ، މިހާރު މިނިސްޓްރީއިން ޑްރާފްޓް ކުރެވިފައިވާ ބިލުގެ ފުރަތަމަ ޑްރާފްޓާއި މެދު އެ އިދާރާތަކުން ދެކޭގޮތް ހޯދުމެވެ.

މަތީ ތައުލީމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެދިލެއްވުމާ އެއްގޮތަށް ކުރިއަށް އޮތް މަސްދުވަހެއްގެ ތެރޭގައި މި ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top