އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި، އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.
ގައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު ޕޯޗްގީޒު އިސްތިއުމާރުން ދިވެހި ގައުމުގެ ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ރައްޔިތުން ސަލާމަތްކޮށް ދެއްވި ހާދިސާއަށެވެ. އެ ހާދިސާ ހިނގާފައި ވަނީ އެކެއް ރަބީއުލްއައްވަލް 981 ގައެވެ.