ކަމަދޫ އެންމެންނަށް ސިޔާމްގެ ބޭސްފަރުވާގެ ހިލޭ އެހީ

ޒޗސޗ-850x548-2.jpg

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެހީގައި ބ. ކަމަދޫ ރައްޔިތުންނަށް އުސޫލެއްގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުން ބުނީ އެފަދަ ފުރުސަތެއް ސިޔާމްގެ ފަރާތުން ހަމަޖެހިގެން ދިޔައީ ކައުންސިލާ އެކީ ކުރެވުނު މަޝްވަރާ ތަކަކަށް ފަހު ކަމަށެވެ. އެހެންވެ މިހާރު އެކަން ރައްޔިތުންނަށް އަންގާފައިވާ ކަމަށް ވެސް ކަމަދޫ ކައުންސިލުން ބުންޏެވެ.

”ބައެއް މީހުން އެބަތިއްބަވާ އާސަންދަ ލިބުނަސް ބޭރަށް ދިއުމަށް ބޭނުންވާ އިތުރު ފައިސާ ނުލިބޭތީ ދެވޭނެ ގޮތެއް ނެތިފައިވެސް. އަދި ބައެއް މީހުން އެބަތިބި އާސަންދައިން ކަވަރު ނުކުރާ ތަންތަނުން ބަލީގެ ގޮތުން ބޭސް ކުރަންޖެހިފައިވެސް. މިފަދަ މީހުންނަށް އުސޫލެއްގެ ތެރެއިން ސިޔާމު މި އެހީވަނީ،” ޒަރީރު ވިދާޅުވި އެވެ.

ކަމަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސަން ސިޔާމް ކެއާގެ ދަށުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށް ދެވޭނެ ކަމަށެވެ. އެގޮތުން މާލީ އެހީތެރިކަން ބޭނުންވާ މީހުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ދޭން ނިންމާފައިވާތީ ވަނީ އެހީއަށް ބޭނުންވާ މީހުން އެކަން ކައުންސިލަށް އެންގުމަށް އެދިފައިވެ އެވެ.

މިކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިކަމަށް ޚާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ބޭސްފަރުވާގެ ލިޔެކިޔުންތައް ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން އެހީ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މި ފޯމް ކައުންސިލް އިދާރާ އިން ލިބެން ހުންނާނެ ކަމަށް ވެސް އިއުލާންގައި ވެއެވެ.

ގިނަ ބައެއްގެ ސަމާލު ކަމަށް މިފަހުން ކަމަދޫ އައިސްފައިވަނީ މިދިޔަ ބޮޑު އީދު ގައި އެރަށުގައި ބޭއްވި ކުޅިވަރުތަކުގެ ތެރެއިން، ރީތި އަންހެން ކުދިންތަކެއްގެ ނެށުން ތަކެއްގެ ވާހަކަތަކާ އެކީގަ އެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top