ފެނަކައިން ނެގި ކޮންޓްރެކްޓް މުވައްޒަފުން ދޫކޮށްލަނީ

khkh.jpg

ކުރީ ސަރުކާރުން އެކިއެކި ޕްރޮޖެކްޓްތަކަށް ހާއްސަކޮށްގެން ފެނަކައިން ވަޒީފާ ދީފައިވާ ކޮންޓްރެކްޓު މުވައްޒަފުން މި މަހުން ފެށިގެން ދޫކޮށްލަން ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން ވަނީ، ކުރާނެ މަސައްކަތެއް ނެތް ”ކޮންޓްރެކްޓް ސްޓާފުން“ ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރާނެ ކަން މިދިޔަ ޑިސެމްބަރު މަހު އަންގާފަ އެވެ.

ކުރީގެ ސަރުކާރުން ފެނަކައަށް ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން ”ކޮންޓްރެކްޓް ސްޓާފުން“ ގެ ގޮތުގައި2،000 މީހުން ނަގާފައި ވެއެވެ. އޭގެ ތެރެއިން 1،800 މީހުންނަކީ ކުދިކުދި ޕްރޮޖެކްޓްތަކަށް ނަގާފައި ތިބި މީހުން ކަމަށް ބުނެފައިވެ އެވެ.

ފެނަކައިގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޖީނުގެ އާއި އޮފީސް އިމާރާތްތައް އެކަނި ހަދަންވެސް 731 މުވައްޒަފުން ނަގާފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top