ދިވެހި އަންހެން ކުއްޖެއްގެ ނޭވާ ހޮޅީގައި ތާށިވެފައި އޮތް ޕިނެއް އައިޖީއެމް ހޮސްޕިޓަލުން ނަގައިފި އެވެ.
އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ޑޮކްޓަރު، ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ދިވެހި އަންހެން ކުއްޖެއްގެ ނޭވާހޮޅީގައި ތާށިވި ޕިނެއް އިއްޔެ ނަގާފައިވާ ކަމަށެވެ.
ޑރ. އިސްމާއިލް ވަނީ ބުރުގާގައި ޖަހާފައި ހުންނަ ޕިން އަނގަޔަށް ނުލުމަށް ކުދިންނަށް އިރުޝާދު ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިންވެސް 10 އަހަރުގެ ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގާފައިވާއިރު 19 އަހަރުގެ އަންހެނެއްގެ ބަނޑުންވެސް ޕިނެއް ނެގިއެވެ. މިފަދަ ހާދިސާތައް ހިނގަނީ އަނގަޔަށް ޕިން ލައިގެން އުޅެނިކޮށެވެ.