ކައުންސިލް ތަކުން ދެން އުޅަނދު ރަޖިސްޓްރީ ކޮށްދޭނީ އެކައުންސިލް ހިމެނޭ ޒޯނަކަށް

IMG_20210218_164004037.jpg

މީގެ ފަހުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެކައުންސިލް ހިމެނޭ ޒޯނަކަށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދެ ފުރޮޅުލީ އެއްގަމު އުޅަނދު ބޭނުން ޒޯނަކަށް ރަޖިސްޓްރީކުރުމުގެ ހުއްދަ ކައުންސިލްތަކަށް މީގެ ކުރިން ދަތުރުފަތުރާބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ. ނަމަވެސް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ވަނީ ބާތިލް ކޮށްފައެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ ޒޯންތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޒޯން އޭ، ޒޯން ބީ، އަދި ޒޯން ސީ ހިމެނެއެވެ.

“ޒޯން އޭ”ގައި ހިމެނެނީ މާލެއާއި ހުޅުމާލެއެވެ. އަދި “ޒޯން ބީ”ގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. އަދި “ޒޯން ސީ”ގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ހިމެނޭ ރަށްތަކެވެ.

އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައިވާ ގޮތުން އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯން ފިޔަވާ އެހެން ޒޯނެއްގައި ދުއްވޭނީ އެއްގަމު ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނުވަތަ އެވުޒާރާއިން އިޚްތިޔާރު ދީފައިވާ ފަރާތަކުން ލިޔުމުން ހުއްދަ ހޯދުމަށް ފަހު އެވެ. ހުއްދަ ނުހޯދައި ރަޖިސްޓްރީކޮށްފައި ނުވާ ޒޯނެއްގައި ދުއްވުމަކީ މިގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަ ގޮތުން ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަން ޖެހޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top