ބ.އަތޮޅުގެ ތިންރަށަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

މނމނ.jpg

ކައުންސިލްތަކަށް ހާއްސަކޮށް ބޭއްވި ފޯރަމެއްގެ ތެރެއިން

ބ.ފެހެންދޫ، ފުޅަދޫ އަދި ހިތާދުއަށް ސެކްރެޓަރީ ޖެނެރަލް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

މީގެ އިތުރުން މި ތިން ރަށް ހިމެނޭހެން ރާއްޖޭގެ 30 ރަށަކަށް ސެކްރެޓަރީ ޖެނެރަލް ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާންގައި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަނީ ދެ ކެޓަގަރީ އަކަށެވެ. މީގެ ތެރެއިން އެއް ކެޓަގަރީގެ އަސާސީ މުސާރައަކީ 9،300 ރުފިޔާ އެވެ. އަނެއް ކެޓަގަރީގެ އަސާސީ މުސާރައަކީ 8،835 ރުފިޔާ އެވެ. 9،300 ރުފިޔާ ލިބޭ ކެޓަގަރީގައި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ލިބޭއިރު އަނެއް ކެޓަގަރީގެ އެގްޒެކެޓިވް އެލަވަންސަކީ 6،450 ރުފިޔާ އެވެ. ދެ ކެޓަގަރީއަށްވެސް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވޭނީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ މީހުންނެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިއުލާނުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ، އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލު އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.

ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްއޫލިއްޔަތެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މި ހިނގާ ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top