ކަރަންޓު ބިލުގެ ނޯޓިސް ދެން އަންނާނީ ފޯނަށް

023403-photo-2021-11-24-18-23-23.jpg

ފެނަކައިގެ މުވައްޒަފުން ޖަނަރޭޓަރެއް އެސެމްބްލްކުރުމުގެ މަަސައްކަތުގައި (ފޮޓޯ/ފެނަކަ)

ކަރަންޓު ކަނޑާލުމަށް މީގެ ކުރިން ފޮނުވާ “ރެޑް ނޯޓިސް” މިއަދުން ފެށިގެން ފޮނުވާނީ ކަސްޓަމަރުންގެ ފޯނަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ޕްރިންޓް ކުރެވިފައިވާ ކަރަންޓް ބިލް އަދި “ރެޑް ނޯޓިސް” ހަވާލުކުރުން ހުއްޓާލުމާ ގުޅިގެން ފެނަކައިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ޕްރިންޓް ކޮށްފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި މީގެ ފަހުން ރެޑްނޯޓިސް ފޮނުވާނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓާ ކޮށްފައިވާ ފޯނު ނަންބަރަށް ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ބިލިން އެޑްރެސް، ބިލް ނަންބަރު، ސަބްސަކްރިޕްޝަން ނަންބަރު، މީޓަރު ނަންބަރާއި ބިލުގައިވާ ފައިސާގެ އަދަދުގެ އިތުރުން މުއްދަތު ހަމަވާ ތާރީހު ހިމެނޭ އެސްއެމްއެސް ނުލިބޭ ކަސްޓަމަރަކު ހުރިނަމަ ޚިދުމަތް ހޯދާ ބްރާންޗަށް ވަޑައިގެން ބިލް ހޯއްދެވުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top