އަމިއްލަ މުދަލުން ޑިއުޓީ މައާފުވާ އަަދަދު ބަދަލުކޮށްފި

big_uzdZ4vKolUx9fazFydKTpOrHi-1.png

އަމިއްލަ ފަރާތްތަކުން ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ ނެގުމުގައި އިތުރު ލުޔެއް ދޭން ކަސްޓަމްސްއިން ނިންމައިފިއެވެ.

ކަސްޓަމްސްއިން އަލަށް އެކުލަވާލާފައިވާ އުސޫލެއްގައިވަނީ، އަމިއްލަ ފަރާތްތަކުން ކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ދަތުރުވެރިން ގެންނަ ތަކެތިން މީގެކުރިން ޑިއުޓީ ނަގަމުން އައީ 6،000 ރުފިޔާއާ ހަމައަށް ކަމަށްވިޔަސް އަންނަ މަހުގެ އެކަކުން ފެށިގެން އެ އަދަދު 10،000 އަށް އިތުރުވާނެ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުން ކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތީގެ އަގު 10،000 އަށްވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންވާނެއެވެ. އެ މުދަލުން ޑިއުޓީ ނަގާނީ، 10،000 އުނިކުރުމަށް ފަހު ބާކީ އަންނަ އަދަދުން ކަމަށް ވެސް އުސޫލުގައިވެއެވެ.

ޑިއުޓީ މައާފުކުރާ އަދަދަށް ބަދަލު އައިނަމަވެސް ބައެއްމުދާ މީގެ ތެރޭގައި ނުހިމެނެ އެވެ

އެގޮތުން ނިކޮޓިން އެކުލެވޭ ބާވަތްތަކާއި، އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލޭވާޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެތި، ޑިއުޓީގެ އިނާޔަތް ދިނުމުން އިސްތިސްނާވާނެ އެވެ.

މީގެ އިތުރުން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ގޮތުގައި ގިންތިކުރެވޭ ތަކެއްޗާއި، އެނާޖީ ޑްރިންކް، މޮޓޯސައިކަލާއި އޮޓޯސައިކަލް، އެއްގަމުގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު؛ ކަނޑުގައި ދުއްވާ އުޅަނދުފަހަރު އަދި އެ ތަކެތީގެ ސްޕެއާ ޕާޓްސްވެސް ހިމެނެނީ ޑިއުޓީ މައާފް ނުކުރެވޭ ތަކެތީގެ ތެރޭގަ އެވެ.

އިސްތިސްނާވާ ތަކެތީގެ ތެރޭގައި ގެންނަ ޝިޕްމެންޓްގައި ހިމެނޭ ތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައ،ި އަމިއްލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއް ކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެތި ވެސް މިއުސޫލުގެ ދަށުން ޑިއުޓީ މައާފް ނުކުރެވޭ ތަކެތީގެ ތެރޭގައި ހިމެނެ އެވެ.

10000 ރުފިޔާއަށްވުރެ ކުޑަ ނަމަވެސް މުދަލުގެ ބާވަތާއި އަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ ވިޔަފާރި މުދަލުގެ ގޮތުގައި ގެނެވޭ ތަކެތި ކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭ ތަކެތިވެސް ޑިއުޓީގެ އިނާޔަތް ދިނުމުން އިސްތިސްނާވާނެ ކަމަށް ކަސްޓަމްސްގެ އުސޫލުގައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top