ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ޓެކްސްޓް ފޮތްތައް ލިބޭނެ: އެޑިއުކޭޝަން

DSCN1047.jpg

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ދަރިވަރުންގެ ޓެކްސްޓު ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްކޫލުގެ ކިޔެވުން ފެށެން ކައިރިވަމުން އަންނައިރު، އަދިވެސް ބައެއް ރަށްރަށަށް ޓެކްސްޓް ފޮތްތައް ނުލިބޭތީ ބައެއް ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއީ މޫސުން ގޯސް ދުވަސް ވަރަކަށްވުމާއެކު ތަކެތި އެއް ތަނުން އަނެއް ތަނަށް ފޮނުވުމުގައި ވެސް ލަސްތައް ދިމާވެދާނެތީ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސްކޫލް ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބެހުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ވަގުތަށް ހުރިހާ ސްކޫލުތަކަށް ފޮތްތައް ދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ވެސް، ބައެއް ސްކޫލްތަކަށް ޓެކްސްޓް ފޮތް ނުލިބުމަކީ ކުރީން ވެސް ދިމާވަމުން އަންނަ ކަމެކެވެ.

އަދި ކިޔެވުން ފެށޭއިރު، ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަނުވުމުގެ މައްސަލަ ވެސް މީގެ ކުރިން ދިމާވެއެވެ. މި ފަދަ މައްސަލަތަކުގައި ބެލެނިވެރިން ނުރުހުން ފާޅުކޮށް، މުޒާހަރާ ވެސް ކުރެއެވެ.

އާ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މި ހިނގާ މެއި މަހުގެ 26ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top