އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެޓީމް

bed1.jpg

މައިލޯ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިކުރި ތިން ޓީމްގެ ތެރެއިން ދެ ޓީމް ފައިނަލަށް ހިނގައްޖެއެވެ.

މިބާރާތުގައި ބައިވެރިކުރި 19 އަހަރުން ދަށުގެ ޓީމް އިވެންޓްގެ ފައިނަލަށްދިޔައީ ވ.ކެޔޮދޫސްކޫލާ ބައްދަލުކޮށް ރޭ ކުޅުނު ސެމީ ފައިނަލެގެ މެޗުގައި ސީދާ 3 ސެޓުން ކެޔޮދޫ ސްކޫލް ބަލިކޮށްގެންނެވެ.

ފައިނަލްގައި ތައުލީމީ މަރުކަޒުގެ މި ޓީމް ބައްދަލުކުރާނީ ސެންޓަރފޯރ ހަޔަރ ސެކްންޑްރީސްކޫލް (ސީއެސްއެޗްސީ)އާއެވެ. ފައިނަލް މެޗް އޮންނާނީ މިރޭ 8:00  ގައެވެ.

މި މުބާރާތުގައި ބައިވެރިކުރި 14 އަހަރުން ދަށުގެ ފިރިހެން ޓީމް ފައިނަލަށް ދިޔައީ އިއްޔެ ހަވީރު އަހްމަދިއްޔާސްކޫލާ ވާދަކޮށްގެން 3-0ގެ ނަތީޖާއާއެކުގައެވެ. މި ޓީމް ފައިނަލް ގައި ބައްދަލު ކުރާނީ މިއަދު ހަވީރު 4 ޖަހާއިރު ހޮޅުދޫ މޭނާ ސްކޫލް އާއެވެ.

މި މުބާރާތުގައި ބައިވެރިކުރި 16 އަހަރުން ދަށުގެ އަންހެން ޓީމް ސެމީ ފައިނަލާ ހަމައިން މުބާރާތުން ވަކިވާން ޖެހުނީ ކެޔޮދޫ ސްކޫލްއަތުން 0-3ން ބަލިވުމާގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top