ބ.މާޅޮހު ކައުންސިލްގެ މިފަހަރުގެ އަމާޒު: ފުޓްސަލްދަނޑެއް

maalhos.jpg

މާޅޮހު ކައުންސިލްގެ ފަރާތުން އަޅާ ފުޓްސަލް ދަނޑު ގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ބިން ސާފުކުރަނީ. ފޮޓޯ : މާޅޮސް ކައުންސިލް

ރަށު ކައުންސިލެއްގެ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުންއަންނަކަމަށް ގިނަބަޔަކު އިއްތިފާގުވާ ބ. މާޅޮހު ކައުންސިލުގެ ފަރާތުނން އެރަށުގައި ފުޓްސަލް ދަނޑެއް އެޅުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެގޮތުން މިހާރު ކުރެވެމުންދަނީ ބިންސާފުކުރުމާއި ލެވެލްކުރުމުގެ މަސައްކަތް ކަމުގައި މާޅޮހު ކައުންސިލުން ބުނެއެވެ.

ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވިގޮތުގައި މާޅޮހުގައި އަޅާ ފުޓްސަލަދަނޑަކީ މިކަމަށް ސަރުކާރުން ދެއްވާފައިވާ ދެލައްކަ ހަތްދިހަހާސްރުފިޔާ އާއިއެކު ކައުންސިލުގެ ފަރާތުން ހޭދަކުރާ ފައިސާއިން އަޅާ ދަނޑެކެވެ. މި ދަނޑަކީ މިހާރު ރާއްޖޭގެ ރަށްތަކުގައި ސަރުކާރުން އަޅަމުންގެންދާ ފުޓްސަލްދަނޑުތަކާ އެއްފެންވަރުގެ ދަނޑެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އަމިއްލަ ބަޔަކާ ހަވާލުކޮށްދެން ކުރިއަށްގެންދާ މި މަސައްކަތް މުޅިން ނިންމާލުމަށްފަހު ރޯދައިގެ ފަހުން ބޭނުންކުރަން ފެށޭނެކަމަށް އުންމީދުކުރައްވާކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top