އަންނަ ފިތުރު އީދުގެ މުނާސަބަތުގައި އޭދަފުށީ ކައުންސިލުން ބާއްވާ ”އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024“ ގައި ބައިވެރިވާ 17 ޓީމުގެ ސްޕޮންސަރެއްގެ ގޮތުން ރެޑްވޭވް އިން ކޮންމެ ޓީމަކަށް ދިހަހާސްރުފިޔާ ދޭން ނިންމައިފި އެވެ.
ރެޑްވޭވުން ބުނީ އޭދަފުށީގެ ފުޓްބޯޅައަށް އެހީވުމަކީ ރެޑްވޭވުން އަބަދުވެސް އެހީވަމުން އަންނަ ކަމަށާއި އެއީ ލިބޭ އުފަލެއް ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެހީތައް ވުމުގައި ދެމިތިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ
ފިތުރު އީދުގެ މުނާސަބަތުގައި އޭދަފުއްޓަށް ހުޅުވާލައިގެން ރަށު ކައުންސިލުން މިދިޔަ އަހަރުވެސް ވަނީ މިމުބާރާތް ބާއްވާފައެވެ. މިދިޔަ އަހަރުގެ މުބާރާތްވެސް ރެޑްވޭވުން ވަނި ސްޕޮންސާ ކޮށްފަ އެވެ.
ރެޑްވޭވް ކުންފުންނަކީ ރައްޔިތުުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ކުންފުންޏެކެވެ.
މި މުބާރާތުގެ 1ވަނަ ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާއިރު 2ވަނަ ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ ކަމަށް ކައުންސިލު މެންބަރު ޒައިދު އަލީ ވިދާޅުވި އެވެ.
މި މުބާރާތް ފަށަން ހަމަޖެހިފައިވަނީ އެޕްރީލް 8 ގައެވެ.