އޭދަފުށީގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް ގާއިމްކުރަނީ

12422436_10206120792083030_2032959415_o-1024x576.jpg

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އޭދަފުށީގައި ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ޤުރުއާނާބެހޭ މަރުކަޒުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމަރުކަޒުގެ ރައީސް އައްޝައިޚް އިބްރާހީމް ރަޝީދު މޫސާއެވެ. އޭދަފުށީގެ ފަރާތުން ސޮއިކުރެއްވީ އޭދަފުށީ ކައުންސިލްގެ ފަރާތުން މިކަމަށް ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްޝައިޚް އަބްދުލް މަޖީދު މުހައްމަދު އެވެ.

މި ރަސްމިއްޔާތުގައި ޝައިޚް އަބްދުލް މަޖީދު ވިދާޅުވީ މިއީ މުޅި ބ. އަތޮޅަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި މި މަރުކަޒުގެ އިލްމީ ހިޔަލުން އެތައް ދަރިންނެއް ގާރީންނަށާއި ޙާފިޒުންތަކެއް އުފެދިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައެވެ. އަދި ތަޖްވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކުރުމަށް މިއީ ލިބުނު ރަނުގެ ފުރުސަތެއްކަންވެސް މަޖީދު ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅުތަކުގައި ގާއިމް ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއީ އެގޮތުން ގާއިމްކުރާ 5ވަނަ މަރުކަޒެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި އޭދަފުށީ ދާއިރާގެ އެމްޕީ އަހްމަދު ސަލީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top