ސްކޫލްތަކުގެ އެސެމްބްލީ ބާއްވާ ގޮތް މުރާޖައާ ކުރަނީ

DSCN7011-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް --އީވީ ފައިލް ފޮޓޯ

ސްކޫލުތަކުގައި އެސެމްބްލީ ބާއްވާ ގޮތް މުރާޖައާކޮށް، ދީނާއި ގައުމިއްޔަތާއި ސަގާފަތަށް އިސްކަންދޭނެ އުސޫލުތަކެއް ކަނޑައަޅަން ކެބިނެޓުން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިއްޔެ ވިދާޅުވީ، އިސްލާމް ދީނާއި ގައުމިއްޔަތާއި ރާއްޖޭގެ ތާރީހާއި ސަގާފަތަށް ޚާއްސަ ސަމާލުކަމެއް ދެވޭ ގޮތަށް ސްކޫލުތަކުގެ ހަރަކާތްތައް ރާވައި ހިންގާނެ އުސޫލުތަކެއް އެކުލަވާލަން ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގައުމީ ފެންވަރުގައި ފާހަގަކުރާ ހާއްސަ ދުވަސްތަކާއި ދީނާއި ގައުމިއްޔަތާއި ސަގާފަތާއި ތާރީހަށް އިސްކަން ދީގެން، ތާވަލުތަކެއް އެކުލަވާލައިގެން އިންތިޒާމު ކުރުމާއި، ދިވެހި ބަހަށް ސްކޫލުތަކުގައި އިސްކަން ދިނުމަށް އަމަލީ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. އަދި އިސްލާމީ މިނިސްޓްރީއާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ދަރުސް ދިނުން ވެސް ހިމަނާފައިވެއެވެ.

ގައުމިއްޔަތު ދިރުވައި އާލާކޮށް ގައުމު ދެކެ ލޯބިވާ ޖީލުތަކެއް ބިނާކުރުމަށްޓަކައި މިހާރު އަންނަނީ ގައުމިއްޔަތުގެ ނަމުގައި މާއްދާއެއް ތައާރަފުކުރުމަށް ތައްޔާރުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top