މަޖިލިސް އިންތިޚާބަށް އޮފިޝަލުން ހޯދަނީ

DSCN3195-scaled.jpg

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން އޭދަފުށީގައި ---އީވީ ފައިލް ފޮޓޯ

އަންނަ މާޗް މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާން ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މާޗް 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ލިންކް https://my.elections.gov.mv މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ.

އޮފިޝަލުންނަށް ވާން އެޕްލައިކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 18-65 އަހަރާއި ދެމެދުގެ މީހަކަށްވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުން އަންނަ މީހަކަށް ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާ މީހަކަށް ނުވުމާއި އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން އަދި ސްކޫލް ދަރިވަރަކަށް ނުވުން ވެސް ހިމެނެ އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1800ރ އެ ދުވަހަށް ލިބިގެންދާއިރު. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1600ރ އެ ދުވަހަށް ލިބިގެން ދާނެއެވެ. ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1500ރ އެ ދުވަހަށް ލިބިގެންދާއިރު، ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރ އެ ދުވަހަށް ލިބިގެން ދާނެއެވެ.

އޭގެ އިތުރުން އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ދިމާވާތީ -/500ރ ރުފިޔާގެ އެލަވަންސެއް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެއެވެ.

އަދި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ -/350ރގެ ރޭޓްތަކުގައި ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކީ ޖަމާކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top