ސިއްހަތަށް ނުރައްކާވާ ވަރަށް ރާއްޖޭގެ އުތުރަށް ވައި ނުސާފުވެއްޖެ

dhunfini-800x500-phw2evixnsiring7q2nl5za5qpughk27c3z5c03mhy.jpg

ސިއްހަތަށް ނުރައްކާވާ ވަރަށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގައި ވައި ނުސާފު ވެފައިވާ ކަމަށް، އެއާ ކޮލެޓީ އިންޑެކްސް ބަލާ ބައެއް ފަރާތްތަކުން އަންގައިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހާއްސަކޮށް މެދު ރާއްޖެ ތެރޭގެ ސަރަހައްދަށް މި މިންވަރު ވަނީ ފަސް ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.

މީގެ އިތުރުން، ލޮލަށް ފެންނަ ދުރުމިން ކުޑަވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން ވެސް މުހިންމު ދައުރެއް އަދާކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، ވައި ނުސާފުވެފައިވަނީ އާއްމުކޮށް އިރުވައި މޫސުމުގެ ވައި އިރުމަތިން އަންނަ އިރު ހުޅުމާލޭ ސަރަހައްދުން އަންނަ ހިރަފުހާއި ވައިގެ ތެރޭގައި ހިމެނޭ ޕާޓިކަލްސްގެ ސަބަބުން ކަމަށެވެ. އަދި ދެ މޫސުން ބަދަލުވުމާ ހަމައަށް މި ގޮތަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top