މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ދަރިވަރުން 17 ދުވަހުގެ ޗުއްޓީއަށް ހިނގައްޖެ އެވެ.
މި އަހަރުގެ ކިޔެވުން ފެށީ މިދިޔަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އެވެ. އެއީ 216 ސްކޫލެއްގައި ޖުމުލަ 84،200 ދަރިވަރުންނާ އެކު އެވެ.
ޗުއްޓީ ނިންމައި ދަރިވަރުންގެ ދެ ވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށުމުން ދެން ކޮންމެ ދުވަހެއްގެ ކިޔެވުން ފެށޭނީ ގައުމީ ސަލާމުން ކަމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި އަހަރު ޑިސެމްބަރުގައި ސްކޫލްތައް ބަންދުވެފައި، ޖެނުއަރީގައި ސްކޫލްތައް ހުޅުވާ ޓާމުން ފެށިގެން ދެން ކޮންމެ ސްކޫލެއްގައި ކިޔަވާ ކުދިން ސެޝަން ފަށާނީ ގައުމީ ސަލާން ކިޔާފައި ކަމަށެވެ. އަދި މިއީ ގައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.