ބ.ކެންދޫ ،ފުޅަދޫ، ފެހެންދޫ، އަދި ދަރަވަންދު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބ.އަތޮޅު ހަތަރު ރަށެއް ހިމެނޭގޮތަށް ޖުމްލަ 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޑިސެމްބަރު 13 ވާ ބުދަ ދުވަހުގެ 14:00 ކަމަށް އީސީން ހާމަކުރެއެވެ.