ދެވަނަބުރުގައި ފާހަގަ ޖަހަނީ ވާތު މެދު އިނގިލީގައި

kj.png

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލިކަމުގެ ފާހަގަ ޖަހަނީ ވާތު މެދު އިނގިލީގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ކޮންމެ އިންތިޚާބެއްގައިވެސް ވޯޓުލާ މީހުންގެ އިނގިލީގެ ނިޔަފައްޗާއެކު ޖަހާ ފާހަގަ އަކީ އެމީހާ ވޯޓުލާފައިވާކަން ޔަގީން ކުރުމަށް ޖަހާ ފާހަގައެކެވެ. ގިނަ ދުވަހަށް ދެލި ނުފިލާ ހުންނަ މާކަރަކުން ޖަހާ އެ ފާހަގަ، ކައިރި ކައިރީގައި އިތުރު އިންތިހާބެއް ބާއްވާ ނަމަ ފާހަގަޖަހާ އިނގިލި ބަދަލުކުރެ އެވެ.

ފުރަތަމަ ބުރުގައި މިފާހަގަ ޖެހީ ވާތު ޝަހާދަތް އިނގިލީގައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގެ ވޯޓުލުން ބާއްވާފައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އަދި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ކުރިއަށް ދާނީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުހައްމަދު މުއިއްޒެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top