ރާއްޖޭގެ މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން ހަވީރު 04:00 އާހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ށ. ކޮމަންޑޫއަށެވެ. އެރަށަށް 90.3 މިލިލީޓަރުގެ ވާރޭވެހުނުކަމަށް ރިކޯޑް ކޮށްފައިވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހުނު ރ. އަލިފުއްޓަށެވެ..އެރަށަށް ވެހިފައިވަނީ 71.2 މިލިލީޓަރުގެ ވާރޭއެވެ.