ދެވަނަ ބުރަކަށް ހިނގައިދާނެ. މުއިއްޒު ކުރީގައި

big_AE90rgVlx2oNLU5F2u7G4D0XM.jpg

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ކާމިޔާބު ނުކުރެވި ދެވަނަ ބުރަކަށް ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ވޯޓުފޮށި ބެހެއްޓި ހުރިހާ ތަނެއްގައިވެސް ވޯޓުލުން މިއަދު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔައިރު، އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާބު ކުރެވޭ މިންވަރަށް ވޯޓު ހަމަ ކުރެވިފައެއް ނުވެއެވެ. އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަކަށް ދަތުރު ކުރައްވާނެ ކަމަށް ހިސާބުތަކުން ދައްކަނީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާފައިވާއިރު 428 ވޯޓު ފޮށިން 71،512 ވޯޓު ނުވަތަ %45.44 އާއިއެކު ކުރީގައި އުޅުއްވަނީ މުއިއްޒެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިހާތަނަށް ލިބިވަޑައިިގެންފައިވަނީ 63،161 ވޯޓެވެ. އެއީ ވޯތުލީމީހުންގެ %40.13 އެވެ.

މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް އެންމެ ވާދަވެރިކޮށް އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ. މުއިއްޒެވެ.

ވޯޓު ގުނަން ފަށައި، ނަތީޖާތައް އިއުލާންކުރަމުން ދިޔައިރު މުއިއްޒާއި ރައީސްގެ ފަރަގު ބޮޑު ނޫނަސް، މިހާރު އިއުލާން ކުރަމުން އަންނަ ފޮށިތަކުން މުއިއްޒު ގެންދަވަނީ ތަފާތު ބޮޑު ކުރައްވަމުންނެވެ.

ވަކިވަކި ފޮށިތަކުގެ ނަތީޖާގެ ފަރަގަށް ބަލާއިރު، ބާކީ ހުރި ފޮށިތަކުން މި ނަތީޖާއަށް ބަދަލެއް އަތުވެދާނެ ކަމަކަށް ނުފެނެއެވެ. އެހެންވެ، މިހާރު މި ވަނީ އިންތިޚާބު ދެވަނަ ބުރަކަށް ދާނެކަން ވަރަށް ބޮޑަށް ކަށަވަރުވެފައެވެ.

ވަގުތީ ނަތީޖާ އިއުލާނު ކުރުން މިހާރު ވެސް ކުރިއަށް ދާއިރު، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މި މަހު 30 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top