ތުޅާދޫގައި ގަލަމަކުން ފޮޓޯ ނެގި މައްސަލައެއް ފުލުހަށް!

img_md_202309040128041693816084.3609.jpeg

އީސީގެ އެސްޖީ ހަސަން ޒަކަރިއްޔާ، ރައީސް ފުވާދު ތައުފީގް، އަދި ނައިބު ރައީސް އިސްމާއީލް ހަބީބު (ކ-ވ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ދަ ޕްރެސް

ބ. ތުޅާދޫގައި ގަލަމެއްގައި ހަރުކޮށްފައިވާ ކެމެރާއަކުން، ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ލުމާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި ގަވާއިދާ ޚިލާފަށް ފޮޓޯ އާއި ވީޑިއޯ ނަގާކަމުގެ ޝަކުވާތައް ލިބެމުން ދާ ކަމަށެވެ.

އެގޮތުން ތުޅާދޫގައި ވޯޓުލާން ދިޔަ މީހަކު ފޮޓޯ ނެގިކަމުގެ ޚަބަރު ލިބިގެންއެ ކަން އީސީއިން ބަލާފައިވާނެ ކަމަށާއި އެކަން ބެލުމަށްފަހު އެ ރަށުގައި ވޯޓުލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދިޔަ ކަމަށް ހަބީބު ވިދާޅުވި އެވެ.

”ފޮޓޯ ނެގިޔަސް އެ ވޯޓު ކަރުދާސް ކުށްވެރިއެއް ނުވާނެ ވޯޓް ކަރުދާސް ފޮއްޓަށް ލެވޭނެ އެކަމަކު އޭނާ އެ ކުރި އަމަލަކީ ކުށެއް އެކަން އަޅުގަނޑުމެން ފުލުހުން މެދުވެރިކޮށް ބަލާނަން،“ ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި ގޮތުގައި، ވޯޓު ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސައްހަކަން ގެއްލޭ ކަމުގެ ޝަކުވާ ވެސް ލިބެ އެވެ. ލަފާދޭ ކޮމިޓީން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތެއް ބަލައި ހައްލުކުރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ތަން ބެލުމަކީ ކުށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top