ޖަރާސީމު އެކުލެވޭ ޗީޒެއް ވިއްކުން މަނާކޮށްފި

Screenshot-2023-09-03-180918.png

ފަރަންސޭސީ ވިލާތުން އެތެރެކޮށްފައިވާ ޗީޒްއެއް ކަމަށްވާ ކެމްބާޓް އިސިގްނީ ކަލްވާޑޯސް ޗީޒް ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ބުނީ ފަރަންސޭސީ ވިލާތުގެ ޗީޒެއް ކަމަށްވާ ކެމްބާޓް އިސިގްނީ ކަލްވާޑޯސް ޗީޒަކީ ލިސްޓިރިއާ މޮނޯސައިޓޯޖީންސް ނަމަކަށް ކިޔާ ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށެވެ.

ފަރަންސޭސީ ވިލާތުގެ އެ ޗީޒް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ވަނީ މި އޮތޯރިޓީއަށް އަންގާފައިވާ ކަމަށްވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން “Camembert Isigny Calvados 250g” ލޭބަލް ކޮށްފައިވާ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގައިފަ އެވެ.

އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 ނުވަތަ 7603204 ގުޅުމަށް ވަނީ އެދިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top