ޑރ. މުއިއްޒު ވެގެންދާނީ ރާއްޖޭގެ އުރުދުޣާން އަށް: ޑރ. ޝަހީމް

twitter_F4eepLubAAA5P-Q-850x548-1.webp

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުއިއްޒަކީ ގައުމު ތަރައްގީ ކުރައްވާނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވެގެން ދާނީ ދިވެހިރާއްޖޭގެ އުރުދުޣާން އަށް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ދިވެހީންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ބޭފުޅަކު ވެރިކަމަށް ގެންނަން ޖެހޭ ކަމަށެެވެ. އަދި މުއިއްޒުގެ ކެބިނެޓް ވެގެންދާނީ ރައީސް ޔާމީން ފަދަ އިލްމީ ގާބިލު މީހުންގެ މައްޗަށް އެކުލެވިގެންވާ ކެބިނެޓަކަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

”މުއިއްޒުއަށް ތިޔަ ބޭފުޅުން ވޯޓު ދެއްވާ. އިތުރު ވިސްނުމަކަށް ދާނެ ޖެހޭ ކަމެއް ނޫން މީކީ. އެމަނިކުފާނު ވެގެން ދާނީ ދިވެހިރާއްޖޭގެ އުރުދުޣާން އަށް“ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުންގާނު ހަވާލު ކުރަން ޖެހޭނީ، ގާބިލު ކެރޭ ބޭފުޅަކަށް ކަމަށެވެ. ޕީއެޗްޑީ ހާސިލު ކުރައްވައި، މޮޅަށް ކިޔަވާ ވިދާޅުވެ ހުންނެވި ބޭފުޅެއް ރިޔާސީ ރޭހަަށް ނިކުންނެވުމުން ދެން އިތުރު ވިސްނުމަކަށް ދާން ޖެހޭތޯ ޝަހީމް ސުވާލު އުފެއްދެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top