އެމްޑީޕީ މެނިފެސްޓޯ: އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެހެދުމަށް ގިނަ ކަންތައްތަކެއް!

original_1692938284343.jpeg

ބައިނަލްއަގްވާމީ މާލީ ބާޒާރުގައި އިސްލާމިކް ފައިނޭންސަށް އޮތް ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ ފެންވަރަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި، އިސްލާމިކް ފިނޭންސިންގ ހަބަކަށް ރާއްޖެ ހެދުމަށް ގިނަ ކަންތައްތަކެއް ހިމަނައި އެމްޑީޕީ މެނިފެސްޓޯގެ ފަހު ބައި ނެރެފިއެވެ.

މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެމްޑީޕީގެ ‘ޒަމާނަކުން އައި ޒަމާނެކޭ’ ކެމްޕޭން ހަރަކާތުގެ ތެރެއިން އެމްޑީޕީީ މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު “އިގުތިސާދީ ބޮޑު ބަދަލު” ވަނީ އިއުލާން ކޮށްފައެވެ.

“އިގުތިސާދީ ބޮޑު ބަދަލު” ސިޔާސަތު ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ؛ ބާރުވެރި އިގުތިސާދު، އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން، އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ އަދި ވިލުންތެރި އިގުތިސާދު އެވެ

އޭގެތެރެއިން އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާގެ ދަށުން ހިމަނާފައިވާ ކަންކަމުގެ ތެރެއިން, އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މައި މަރުކަޒަކަށް ރާއްޖެ ހެދުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އެގޮތުން މެނިފެސްޓޯ ގައިވާ ކަންކަމަކީ؛

• ރާއްޖޭގައި އިސްލާމިކް ފައިނޭންސް އިތުރަށް ފުޅާކުރުމަށް ގައުމީ މާސްޓަރ ޕްލޭނެއް އެކުލަވާލައި، ރާއްޖެއަކީ އިސްލާމިކް ފައިނޭންޝަލް ހަބަކަށް ހެދުމަށް އިސްލާމިކް ފައިނޭންސަށް ޚާއްސަ ރީޖަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުން

• އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އިތުރަށް މިދާއިރާއަށް އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިތުބާރު ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ފައިނޭންސާ ގުޅުން ހުރި ޚާއްސަ ޣާނޫނީ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރުން

• ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތްތަކުގައި އިސްލާމިކް ފައިނޭންސަށް އިސްކަންދީ، ބޭންކިންގ، އިންޝޫރަންސް، އަދި ޕެންޝަން ފަންޑް ފަދަ ދާއިރާތަކަށް ކޮންވެންޝަނަލް ފައިނޭންސަށްވުރެ ފަހިކޮށް ފަސޭހައިން އިސްލާމިކް ފައިނޭންސަށް އެކްސެސް ލިބޭނެ މާލީ ނިޒާމެއް ޤާއިމުކުރުން.

ކިޔަވާ ކުދިންނާއި އާންމުންގެ ތެރޭގައި ފައިނޭންޝަލް ލިޓްރަސީ އިތުރުކޮށް، އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާނެ އިންސާނީ ވަސީލަތް ތަރައްގީކުރުން.

• ޒަކާތާބެހޭ ގާނޫނެއް އެކުލަވާލައި، ޒަކާތް ފަންޑުން އިންވެސްޓްކުރެވޭނެ ޝަރީއާ ކޮމްޕްލަޔަންޓް އިންވެސްޓްމަންޓް ޕްރޮޑަކްޓްތައް ފަހިކޮށް، އޭގެއިން ނަފާ ހޯދާ، ފަންޑު އިތުރުކުރުން.

• ވަޤުފްގެ ނިޒާމެއް އެކުލަވާލައި ބައިނަލްއަގްވާމީ ވަޤުފް ފަންޑުތަކުން ރާއްޖޭގެ ވަޤުފްތަކަށް އިންވެސްޓްކުރާނެ ނިޒާމެއް ގާއިމުކުރުން

• އިސްލާމިކް ވެންޗަރ ކެޕިޓަލް ފަންޑެއް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދިނުން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top