ތުޅާދޫ އެއާޕޯޓް އަޅާ ސަރަހައްދުގެ ސާރވޭ ކުރިއަށްދާތީ ސަމާލުވުމަށް އެދިއްޖެ

big_7g181AwqIXi4TqfgxJDWzJ2j1.jpg

ތުޅާދޫ

ތުޅާދޫ އެއާޕޯޓް އަޅާ ސަރަހައްދުގެ ސާރވޭ ކުރިއަށް ދާތީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދު ފަހަރު ސަމާލުވުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ.

ތުޅާދޫ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިންހިއްކުމަށް ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެމަޝްރޫއުގެ ދަށުން ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ 44.70 ހެކްޓަރު ބިން ހިއްކާނެއެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެރަށުގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓް އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭ ރަށުގެ ހުޅަނގު ފަރާތް ބޭނުން ކުރަމުންގެންދާ ކަމަށެވެ. އަދި މި ސާވޭ ކުރުމަށް މޫދާއި އެއްގަމުގައި ދަގަނޑުފަދަ އެއްޗެހި ޖެހުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން އިލްތިމާސް ކުރެއެެވެ.

މި ސާވޭ ކުރުމަށް ބޭނުން ކުރާ ދަގަނޑުތައް ނެގުމާއި އެތަކެއްޗަށް ގެއްލުން ދިނުމަކީ މަނާ ކަމެއް ކަމަށްވެސް ކައުންސިލުން އަންގަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top