ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި

large_169104174346BMJT.jpeg

ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ޕާޓީ، ޕީއެންސީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓަކު ނެރެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކޯލިޝަން ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވުމާ ގުޅިގެން، ކެންޑިޑޭޓަކު ނެރެން ނިންމައި، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޕީއެމްގެ މައި އޮފީހުގައި 47 ސެނެޓަރުންނާ އެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، ޕީއެންސީން އިންތިޚާބުގައި ވާދަކުރުމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމާއި އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް އަމަލު ކުރާނެ ގޮތެއް ނިންމައި، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބައްދަލުވުމުގައި ބައިވެރިވި 47 ސެނެޓަރުންގެ ތެރެއިން 44 ސެނެޓަރުންގެ އިއްތިފާގުން އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން މިއަދު މެންދުރު ފަހު، 2:00 ގެ ނިޔަލަށް ފޯމު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ. އަދި، މިއަދު 4 ޖަހާއިރު އޮންނަ ސެނެޓު ބައްދަލުވުމުގައި ކެންޑިޑޭޓަކު ކަނޑައަޅަން ވޯޓަށް އަހަން  ނިންމައިފައިވެއެވެ.

ސެނެޓު ބައްދަލުވުމުގައި އިންތިޚާބާ މެދު ގޮތެއް ނިންމުމުން، ވާދަ ކުރައްވާނެ ކެންޑިޑޭޓުން މިއަދު ހަވީރު ފޯމު ހުށަހަޅާނެއެވެ. އަދި، މިރޭ ބާއްވާ ސެނެޓު ބައްދަލުވުމުގައި ކެންޑިޑޭޓަކު ނިންމަން ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top