އަލީ ހުސެން ރައީސަށް: މަޝްރޫއުތައް ނުނިމުމުން، އެހެން ބައެއްގެ ބޮލުގައި ނާޅުުއްވާ!

IMG_20230802_103419_391-850x548-1.jpg

ކެންދޫ ދާއިރާގެ މެންބަރު ، އަލީ ހުސެން

ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށް ނުދިޔުމުން، އެހެން ބައެއްގެ ބޮލުގައި ޒިންމާ ނޭޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވައިލައްވައިފިއެވެ.

އަލީ މި ގޮތަށް ގޮވާލައްވާފައިވަނީ، ށ.މާއުނގޫދޫ ގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަމުން މާއުނގޫދޫގެ  ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމު ކުރުމަށް ސްޓެޓިކް ކުންފުންޏާއި ހަވާލު ކުރިތާ ހަތަރު އަހަރު ވެގެން ދިޔައިރު ވެސް، އެ މަސައްކަތް ނުނިމޭ ކަމަށް ވިދާޅުވެ، ރައީސް ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އެ ޖަލްސާގައި ރައީސް ސޮލިހު، ވަނީ ބައެއް މަޝްރޫއުތައް ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.

މިކަމާ ގުޅިގެން މެމްބަރު އަލީ، ކުރެއވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނި ތަކާއި ހަވާލުކޮށްފައި ހުރި ފެނާއި ނަރުދަމާގެ މަސައްކަތްވެސް ގިނަ ރަށްރަށުގައި ހުރީ ނުނިމި ކަމަށެވެ. އަދި ރައްޔިތުން ޒިިިންމާ ހަވާލުކުރީ ރައީސް ސޯލިހާއި ކަމަށާއި، “އެހެން ބައެއްގެ ބޮލުގައި ޒިންމާ އަޅުވަން” ނޫޅުއްވުމަށް އޭނާ ގޮވައިލެއްވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން ކައިރިވީއިރު ވެސް، މަޝްރޫއުތައް ނުނިމޭކަން ފާހަގަކޮށް، އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top