ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުންބަލައިގެންފި

big_Fot3hs3fBwwtbzz0KOWS784LF.jpeg

ރައީސް ޔާމީން ---ފޮޓޯ:އަވަސް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ޔާމީންގެ ކެންޑިޑޭސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރޭ ފަތިހުއެވެ. މި މައްސަލަ އެ ކޯޓަށް ބަލައިގަތަސް އަދި ތާވަލެއް ނުކުރެއެވެ. އެކަމަކު ބެލެވޭ ގޮތުގައި މައްސަލަ ފަށާނެ ދުވަހެއް ސުޕްރީމް ކޯޓުން މިއަދު އިއުލާން ކުރާނެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް މައްސަލަ ރޭ ފަތިހު ސުޕްރީމް ކޯޓަށް ހުށަހެޅިކަން ހާމަ ކުރެއްވީ ރައީސް ޔާމީންގެ ލީގަލް ޓީމުގެ އިސް މެންބަރު، އަދި ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ފަތިހު ކުރެއްވި ޓްވީޓެއްގައެވެ.

ސުޕްރީމް ކޯޓަށް ޔާމީންގެ ކެންޑިޑޭސީ މައްސަލަ ރޭ ހުށަހަޅާފައިވާއިރު، ގާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ދަށުން، ޔާމީންގެ ކެންޑިޑޭސީގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމާނީ އެ ކޯޓުގެ ފުލް ބެންޗުން އެ މައްސަލަ ބެލުމަށް ފަހުއެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗަކީ އުއްތަމަ ފަނޑިޔާރު ހިމެނޭހެން ހަތް ފަނޑިޔާރުންނެވެ. ކެންޑިޑޭސީ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top