ބ އަތޮޅުގެ ސްކޫލުތަކަށް އަމާޒު ކޮށްގެން ރޯޔަލް އައިލެންޑް ރިސޯޓްގެ ސީއެސްއާރު އިނީޝިއޭޓިވް ގެ ދަށުން އިމަޖެންސީ ފަސްޓް ރެސްޕޮންސް ޕްރައިމަރީ އެންޑް ސެކަންޑަރީ ސެޓްފިކެޓްގެ ދެވަނަ ބުރު ބާއްވައިފި އެވެ.
ރޯޔަލް އައިލެންޑް ރިސޯޓުގައި އިއްޔެ ދެވަނަ ބުރު ބާއްވާފައިވާއިރު ކޯސް ފުރިހަމަކޮށްފައި ވަނީ އޭދަފުށި، ތުޅާދޫ އަދި މާޅޮހުގެ ސުކޫލުގެ ބައިވެރިންނެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެމަޖެންސީ ފަސްޓް ރެސްޕޮންސްއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ރޯޔަލް އައިލެންޑް ރިސޯޓުގެ ޑައިވް އޯސެނަސްގެ ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރުންނެވެ. .
އެމަޖެންސީ ފަސްޓް ރެސްޕޮންސް ޓްރެއިނިން ނުވަތަ އީއެފްއާރު ޓްރެއިނިން ފަރުމާކޮށްފައި ވަނީ ފުރާނަޔަށް ގެއްލުން ހުރި ކުއްލި ނުރައްކާތައް ދެނެގަންނާނެ ގޮތްތައް ކިޔައިދީ, އެއަށް އެންމެ ރަނގަޅަށް ފިޔަވަޅު އެޅޭނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދޭ ގޮތަށް ކަމަށް ވިލާ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން މި ޓްރެއިނިން ގައި ސީޕީއާރު ފަދަ ކުއްލި ފަރުވާ ދޭނެގޮތާއި ބައެއް ޒަހަމްތަކަށް ފަރުވާދޭނެގޮތާއި ބަލިތަކުން ރައްކާތެރިވާނެ ގޮތް ވެސް ބައިވެރިންނަށް ދަސްކޮށްދީފައިވާ ކަމަށް ވިލާ އިން ބުންޏެވެ. .
ސެޓިފައިޑް އިމަޖެންސީ ފަސްޓް ރެސްޕޮންސް އިންސްޓްރަކްޓަރުން މިކޯހުގައި ކިޔަވަދޭއިރު، މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވޭ އިމަރޖެންސީ ފަސްޓް ރެސްޕޮންސް® ޕްރައިމަރީ އަދި ސެކަންޑަރީ ކެއަރ ޓްރެއިނިންގް ސެޓްފިކެޓް ލިބޭނެއެވެ.