ކީރިތި ގުރުއާންގެ ލަފުޒުތަކުގެ މާނަ އެކުލެވޭ ފޮތެއް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ބެހުމަށް ނިންމައިފި އެވެ.
އެ ފޮތް މިނިސްޓްރީ އަށް ހަދިޔާކުރެއްވީ ހ. ކުއްޅަވައްގޭ ޖާދުﷲ ޖަމީލާއި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ ޙަސަން ހަމީދެވެ.
މި ފޮތް މިދިޔަ މަހު ނެރެފައިވަނީ “ކީރިތި ޤުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ” މި ނަމުގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ފޮތަކީ “ކީރިތި ޤުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ” ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. މީގެ 216 ކޮޕީ ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާކުރަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ވަނީ ހަވާލުކޮށްފަ އެވެ.
މިދިޔަ މަހު ނެރުނު “ކީރިތި ޤުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ” އަކީ ޤުރުއާންގައި އެންމެ ގިނައިން ތަކުރާރުވާ ލަފުޒުތަކުގެ ދިވެހި މާނަ ހިމެނޭ ފޮތެކެވެ. މި ފޮތް ލިޔުއްވީ ޑރ. ހަސަން ހަމީދާއި ޝައިޚް އަބްދުالله މުހައްމަދުގެ އިތުރުން ޑރ. ސައުދުالله އަލީ އެވެ.