ޅ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ އުނދަގޫ އާއްމުންނާ ހަމައަށް

large_166970042651Z0Sv.jpg

ޅަވިޔަނި އަތޮޅު ހޮސްޕިޓަލް

ފާދިއްޕޮޅު އަތޮޅު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ ޑޮކްޓަރެއްގެ އުނދަގޫ އާއްމުނާ ހަމައަށް ފޯރައި އެންމެ ފަހުން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްރަށް ނިސްބަތްވާ އަންހެނުންގެ ހާއްސަ އޮޕަރޭޝަން ޑޮކްޓަރު، ނައިފަރު ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ޑޮކްޓަރު ނައިފަރަށް ގެންދިޔައީ އޭގެ ކުރިން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރި ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން ދިއުމުންނެވެ. ކިއުބާއަށް ނިސްބަތްވާ އެ އޮޕަރޭޝަން ޑޮކްޓަރު ފިލީ މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.

ނައިފަރު ރައްޔިތަކު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯތަކަކުން ފެންނަ ގޮތުގައި އެ ޑޮކްޓަރު ވަނީ އެތައް ފަހަރެއްގެ މަތިން ރަށު ތެރޭގައި މީހުންނާ ޒުވާބުކޮށް ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

އެގޮތުން އެ ރަށު ބަޔަކާ އެކު ފުޓުބޯޅަ ކުޅެން ގޮސް ދަނޑުމަތީ އަރައިރުންވާ މަންޒަރާއި، ހުއްދަނެތި ގެއެއްގެ ފެންހޮޅިއެއް ހިފައިގެން ބޭނުންކޮށް، އެ ގޭގެ މީހުންނާ ޒުވާބު ކުރާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

ނައިފަރުން “ސަން” އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އޭނާގެ ކޮންމެ ވެސް ނަފުސާނީ މައްސަލަތަކެއް ހުންނަ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި، އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެެވެ.

“މަގުމަތީ އެކަނި ހުރެ ވާހަކަ ވެސް ދައްކާ އެބަ. މީހުންނާ ޒުވާބު ކުރަމުން ރަށު ތެރޭ ހިނގާ އެގޮތަށް އެ އުޅެނީ. އޭނާ ދާ ކޮންމެ ތާކު ކޮންމެ ވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ އެބަ. މި ރަށު މީހުން ބޭނުންވަނީ އޭނާ ގެންދަން.” އެ ރަށު މީހަކު ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ އޭނާގެ މައްސަލަ ފުލުހުންވެސް ތަހުގީގު ކުރަމުންދާ ކަމަށާއި، އަންނަ އާދީއްތަ ދުވަހު އެސެސްމަންޓް ރިޕޯޓު މިނިސްޓްރީއަށް ލިބޭނެ ކަމަށެވެ. އަދި، އެއަށް ފަހު އޭނާ އާ ދޭތެރޭ އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ. އޭގެ ކުރިން އޭނާއާ ދޭތެރޭ އެޅޭނެ އިތުރު ފިޔަވަޅެއް ނެތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޅ. އަތޮޅު ހޮސްޕިޓަލަކީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން، އެ އަތޮޅުގެ އެހެން ރަށްރަށާއި ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މީހުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top