ރޭ ހުޅުމާލޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ހަވާލުކުރުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ މިއީ މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލަރޝިޕެއް ކަމަށެވެ. އަދި މި ސްކޮލާޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވާސް ސްކޮލާޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް ކަމަށެވެ.
މިއީ ޚާއްސަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕް ނުލިބޭ ދަރިވަރުންނަށް އަމާޒުކޮށް ހުޅުވާލާ ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެދަރިވަރަކު ކުރިއަށްދާން ބޭނުންވާ ކޯހެއްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލަށް ތައާރަފްކުރައްވާ ސްކޮލަޝިޕާއި ގުޅޭ ތަފްސީލުތައް، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.