ސީޕީ ހަމީދު އާއި އިސްވެރިން އޭދަފުށީގައި

big_QdfyxyUqFGPDuJr9wrsc1iqXE.jpg

ސީޕީ ހަމީދުއާއި ފުލުހުންގެ އިސްވެރިން އޭދަފުށީގައި ---ފޮޓޯ: ޕޮލިސް

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނޭ ގޮތަށް ފުލުހުންގެ އިސްވެރިން ބ. އޭދަފުއްޓަށާއި މާޅޮހަށް ވަޑައިގެންފި އެވެ.

މިބޭފުޅުން ބ. އަތޮޅަށް ވަޑައިގަތީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ރޭ އޮތް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިރަސްމިއްޔާތުގެ ކުރިން ސީޕީ ހަމީދު ވަނީ އޭދަފުށީގައި މަގުތަކުގައި ހިންގަވާ އަދި ބައެއް ތަންތަނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފަ އެވެ.

އިއްޔެ ހަވީރު އެ ދެ ރަށުގައި “ވޯކް އެންޑް ޓޯލްކް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން އޭދަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ސީޕީ އާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުން ބައިވެރި އެވެ. އަދި މާޅޮހުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަރު ޢަބްދުލް މަންނާން ޔޫސުފާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުން ބައިވެރިވި އެވެ.

ފުލުހުން ބުނީ މިހަރަކާތުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ ހިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް ބަލައި ހިދުމަތަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top